ބ. އަތޮޅު ރިސޯޓަކަށް ސީ ޕްލޭނެއް ކަނޑަށް ޖައްސަނިކޮށް ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގައެވެ. ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، އެ ބޯޓު ދިޔަވާތީ ސަލާމަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ބުނީ، ބ. އަތޮޅުގެ ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
ޓީއެމްއޭ އާ ހަވާލާ ދީ ސިފައިން ބުނީ އެ ބޯޓު ދަތުރުކުރި ހުރިހާ ޕަސެންޖަރުން މާލެ ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބޯޓުން ދަތުރު ކުރީ ކިތައް މީހުންކަމެއް ނުވަތަ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.