އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ. ވަޒީރު ފުރާވަޑައިގެންނެވީ މިއަދު ޙައްޖަށް ފުރި ފަހު ފްލައިޓުގެ ޙައްޖުވެރިންނާއެކު ހަވީރު ވަގުތެއްގައެވެ.
"މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ޖުމްލަ 1150 ޙައްޖާޖީން ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، ޙައްޖުވެރިންގެ ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށް ތަރުތީބު ކުރެވިފައި" ޙައްޖަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހި ޙައްޖުވެރިންގެ ކަންކަން ގާތުން ބެއްލެވުމަށް ޙައްޖު ކޯޕަރޭޝަނާއި ގުޅިގެން ދިވެހި ޙައްޖު މިޝަނުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.