ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ހުޅުމާލޭގެ މި ސަރުކާރުގައި މީޑިއާތަކަށް މާލީ އެހިތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ
ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. އެހެންވެ އެކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީން މިހާރު ވަނީ އުސޫލުތަކެވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގެ އިތުރު ބޭފުޅުންނާ ވެސް ބައްދަލު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހި ކުރާ ނޫސްވެރިކަމަކަށް ހެދުމާއި ވަކި ބައެއްގެ މުށުތެރޭގައި ނޫސްވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.