ރިހިވެލި ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރިސޯޓަށް ދިޔަ ބަޔަކު ގަދަކަމުން އެރަށުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާތީ އެރިސޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރިހިވެލީގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށާއި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.
ސަބްލީޒް އެގްރިމެންޓެއްގެ ދަށުން ރިހިވެލި ރިސޯޓް ހިންގަމުން ގެންދަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމްގެ ފަރާތުންނެވެ. މިކުންފުނީގެ ވަކީލެއް ކަމަށްވާ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ރިސޯޓުގެ ވެރިފަރާތުން ފޮނުވި ބަޔަކު އެރިސޯޓަށް ގޮސް ގަދަކަމުން އެރަށުގެ ކޮންޓްރޯލް ނަގަން އުޅުނުކަމަށެވެ. މިދެފަރާތުގެ ދެމެދުގައި މައްސަލަޖެހި ކޯޓުގައި ޝަރީއަތް ކުރިޔަށް ދާ ކަމަށާއި "ސޭވް ދަ ޑްރީމް" ކުންފުނީގެ މީހުން މަސައްކަތްކުރަނީ މައްސަލަ ނިމެންދެން އެރިސޯޓުގައި ތިބުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.







ޚިޔާލު (1)
ލަފާކުރެވެނީ މަސްތުގެހާލުގަ ތިބި ބްރޯތަކެއްކަމަށް. ކޯޓުން ހުކުމްކުރީމަ އެ ހުކުމް ތަންފޒިޒުކުރާނީ ފުލުހުން. މަކުނު ބްރޭންޑު ބްރޯތައް ވަގުތުން ހައްޔަރުކުރޭ.