އިސްލާމީ ސަޤާފަތާ އާދަކާދަ ދިރުވާ އާލާކޮށް އެކިއެކި މުނާސަބާތައް ރޫޙާ ފޯރީގައި ފާހަގަ ކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ވަތަނީ ކަމެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު މިދެންނެވި ކަންތައްތައް ފާހަގަ ކުރުން މަޑުމަޑުން ދަނީ ހުއްޓެމުންނެވެ. ނަމަވެސް ފާހަގަކުރެވޭކަމަކީ ކޮންމެ މުނާސަބާއެއްގައި، ޚާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުންގެ ރޫޙު ނުވަތަ އަތޮޅު ރަށްތަކުގެ ފޯރި އަބަދުވެސް ފެންނަނީ ވަރަށް ގަދަކޮށް ކަމެވެ. ސިޔާސީ ގޮތުން އައި ބަދަލު ތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް، މުނާސަބީ ފާހަގަ ކުރުންތަކަށް ވަޅުޖެހުމެއް އަޔަސް ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަމާ ރައްޔިތުންގެ ވިސްނުމަށް އައި ބާދަލާއެކު މިހާރު މިވަނީ ފިސާރި ރަނގަޅަށް ކަންކަން ފައްކާވެ މުޅި ރާއްޖޭގައި ވަރުގަދަ ރޫޙެއް ހިފާފައެވެ. ވާދަވެރިކަން އޭގެ އެންމެ ރަނގަޅު ސިފައިގައި އަށަގަނެފައެވެ. ކުރިޔަށް މިއޮތީ އަޟުހާ ޢީދެވެ. މުސްލިމުންގެ އެންމެ ބޮޑު އަޅުކަން ކަމުގައިވާ ޙައްޖުގެ މާތް އަޅުކަމަށް ފަހު އަންނަ ބޮޑު އީދެވެ. އިސްލާމީ ރިވެތި އުސޫލުތައް ފެނި އޭގެ އިންތިހާގައި، އެކުވެރިކަމާ އެއްބައިވަންތަކަން ފެނިގެންދާ އުފާ ފާޅު ކުރުމުގެ ވަގުތެވެ. މުޅި ދިވެހި ރާއްޖެ ތައްޔާރު ވަމުން އެދަނީ އެ ދުވަހަށެވެ. ކުޑަ ރަށެއް ބޮޑު ރަށެއް، އަވަށެއް ސިޓީއެއް އިސްތިސްނާ ނުވާހެންނެވެ. މި އަޟުހާ ޢީދުގެ ތާވަލު ބަލާލުމުން އެކަން ކިތަންމެ ރަނގަޅަށްވެސް ފާހަގަ ކުރެވެއެވެ.މި އަހަރގެ އަޟްހާ އީދުގެ ހަރަކާތްތަށް ރޭވިފައިވާ ގޮތް: ޖޫން 2024,ހޮނިހިރު ދުވަސް 15 އީދު ބަޑި ރޯކުރުން ( ހިއްކިބިން) 20:30 ހަވާ އެރުވުން ( ހިއްކިބިން) 20:45 21:00 ބޮޑުބެރާއިއެކު މާލި ހަރަކާތްތައް ( ހިއްކިބިން) 16 ޖޫން 2024 އާދީއްތަ ދުވަސް ( އީދު 1 ވަނަ ދުވަސް) 00 :7 އީދު ނަމާދު ( ފުޓް ބޯޅަ ދަޑު) 7:45 އީދު ސައި ( ފުޓް ބޯޅަ ދަޑު) 9:00 އުޟުހިޔާ ކަތިލުން ( ބަނދަރު ސަރަހައްދު ހުޅަނަގު) 11:00 އީދު ތަށި ބަރި ( ވަލެ ގަޑާ ބީޗް) 16:00 އީދު ޕެރޭޑް ( ބޮޑު މަގުތަކުގައި) 20:45 އީދު ޝޯވް ( ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 17 ޖޫން 2024 ހޯމަ ދުވަސް ( އީދު 2 ވަނަ ދުވަސް) އަވަށްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތައް (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 8:00 16:00 އަވަށްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތައް (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 16:15 މަސްރޭހަށް ޓީމް ފުރުން (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 20:45 އީދު ޝޯވް (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 22:00 މަސްރޭހުން އަންނަ ޓީމްތަށް ފުރުން (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 18 ޖޫން 2024 އަންގާރަ ދުވަސް ( އީދު 3 ވަނަ ދުވަސް) 16:30 އާއިލީ ހަވީރު (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) 16:30 ރައްޔިތުންގެ ފަރީއްކޮޅު (ކުޅިވަރު މައިދާން ބޭންކު ސަރަހައްދު) ގއ ވިލިނގިލީގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާ އެކު މިފަދަ ހަރަކާތްތައް އަތުރާލާފައި ވާއިރު މި އަހަރުގެ އަޟުހާ އީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިގެން ދިޔަ 3 ރަށުގެ ތެރެއިން އެއް ރަށަށް ވިލިގިލި ވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންގެ ރޫޙާ ފޯރިއަށް ލިބިގެން ދިޔަ އިތުރު ހިތްވަރަކާއި ޖޯޝެކެވެ. އެހެންކަމުން ސަރުކާރުން ދެއްވި ހިއްވަރާއި އެއްބާރުލުމާއި އެކު މިފަހަރުގެ ބޮޑު ޢީދު ފާހަގަ ކުރުމަށް މިހާރުވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.އަޟުހާ އީދަށް ވިލިނގިލި ވަމުންދާ ތައްޔާރީ ތަކާ ގުޅޭގޮތުން "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ބޮޑު ޢީދު ފާހަގަ ކުރުމަށް އެހެން ރަށްރަށާ ތަފާތު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައި ޖަހާ އެންމެ ބޮޑު އީދު މަޅި ޖެހުމާއި މީގެ ކުރިން އެހެން ރަށް ތަކުގައި ނުކުރާ, އާ ކަންތައްތައް ކުރުން ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ގއ ވިލިނގިލީ ރައީސް ވިޝާލް މުހައްމަދު އިތުރަށް ވިދާޅުވީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ސަރުކާރުގެ އިސް މަގާމު ތަކުގެ ގިނަ ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ޒިޔާރަތް ކުރުން ކަމަށެވެ. އަދި މި ޢީދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ޢީދުގެ ކުޅިވަރުތައް ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގަތުން ކަމަށްވެސް ވިދާޅުވިއެވެ.މި އަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުން އެކަމަށް އެދިފައިވާ ރަށްތަކުގެ ތެރެއިން ހޮވިފައިވާ ތިން ރަށަކީ ގއ ވިލިނގިލީގެ އިތުރުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ އެވެ. ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން މި ރަށްތައް ކަޑައަޅާފައިވަނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތައް ބެލުމަށްފަހުގައެވެ.
ވިލިނގިލި: އެއް ރޫޙެއްގައި މުޅި ރާއްޖެއިން އެންމެ ބޮޑުކޮށް ޢީދު ފާހަގަ ކުރުމަށް ތައްޔާރުވަނީ

300 × 250






ޚިޔާލު (1)
ތިއީ އެކުވެރި މީހުން އުޅޭ ރަށެއް ނޫންކަން އެނގިގެން ގޮއްސި 2024 މަޖިލީސް އިންތިޚާބުގަ، ކައުންސިލް ރައިީސާއި ނައިބް ރައިީސަކީ ސަރުކާރުގެ ވެރިންނަށް އިހުތިރާމް ކުރާ ބައެއް ނޫން، ސަރުކާރުގެ ވެރިން ރަށަށް ދިޔައިމަ ޖެއްސި ހަނޑި ވައްތަރު ފެނިފަ މިތިބީ ، މިހާރު މާ ރަނގަޅު ބައެއްކަމަށް ހެދިގެން އުޅޭ ބައެއް.