ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ޖަމާވި އިރު ބޮޑެތި އޮޅުން ތަކެއް ހުރި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ހުވަދޫ ނިއުސް އިން ތިނަދޫގައި ހުންނަ ޑރ.އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިސަރ ސާލިމް އަލީއަށް ގުޅާލުމުން ވިދާޅުވީ، އެހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނަށް މިއަދު މުސާރަ ޖަމާވިއިރު މުސާރަ ސްލިޕްތަކާއި ޖަމާކުރެވިފައިވާ އަދަދު ދިމާނުވާ ކަމަށާއި، ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދު ހުރި އިރު ބައެއް މުވައްޒަފުންނަށް މުސާރައަށްވުރެ މަދުން ލިބިފައިވާ ކަމަށެވެ.
މިކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރިހާ ތަނައެއްގެ މުވައްޒަފުންނަށްވެސް މިއަދު މުސާރަ ޖަމާކުރި އިރު ދިމާވެފައިވާ ކަމެއް ކަމަށާއި، އެގޮތުން ބައެއް މުވައްޒަފުންނަށް 70 ހާހަށްވުރެ މަތިން މުސާރަ ޖަމާވެފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތުދެއްވާފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ.
މިމައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެފައިވާ ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ހޮސްޕިޓަލްގެ އާދައިގެ މުވައްޒަފަކަށް މިފަހަރު މުސާރަ ޖަމާވިއިރު 60 ހާހަށްވުރެ މަތިން ވަނީ ޖަމާވެފައެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރާއިގެ ގޮތުގައި 800 (އަށްސަތޭކަ) ރުފިޔާ ވެސް ނުލިބޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.







ޚިޔާލު (3)
މަން ލެބުނެ 125،255.. ދެން ނުލެބެންނެއި..
އަޅަ ހަދަހެން ޓްރާންސްފައެކެ. ލައްކައިކެ ބާއިދުވައި ފޮނުވެހެނ
ޞުލްބުލްތަކާ ކޮކާތަކާ އޮޅިގެން ފޮޅޭނެޔޭ ޢަދުގެ ހާލަތާއިމެދު ދިވެހިލޮބްވެތި ރައްޔިތުން ވިސްނަވާ އޅިގެން ތިނޯހުގެ ރޮދި ނުލައްވާ ތިނޯހަކުން ފެހޭނަމަ ތިކަން އޮޅިގެންވާނީ ކަނޑައެޅިގެން ސަރުކާރަށް ކުރިޖެއްސުމެއް ފިޔަވަޅު އަޅުެްވާ އަވަހަށް އަތައްގޮވަނީ ދިވެހީންގެފައިސާ މިވެސް