މި މަހުގެ 25 ވަނަ ދުވަހު ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނީ ނޭޕާލް އަންހެނެއްގެ ހަށިގަނޑު ކަަމަށް ފުލުހުން ޔަގީންކޮށްދީފިއެވެ. އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްއޯސީޑީ، (ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ) ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ، ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދަނިކޮށް ފެނިގެން، ނިމުނު މެއި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:30 ހާއިރު ފުލުހުންނަށް ބަޔަކު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި އެންމެ ފަހުން ދިރިހުއްޓާ ފެނުނީ ސިނަމާލެ ބްރިޖް މަތިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ، މެއި 25 ވަނަ ދުވަހުގެ 12:30 ހާއިރު ސިނަމާލެ ބްރިޖް ކައިރިން މީހަކު އޮޔާދާ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. "ޑޮކްޓަރު ބެލުމަށް ފަހު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަން ކަށަވަރު ކޮށްދީފައިވޭ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވޭ." ސާމިހް ވިދާޅުވިއެވެ. ސާމިހް ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު މެއި މަހުގެ 27 ވަނަ ދުވަހު ފުލުހުންގެ ތަހުގީގަށް ދެނެގަނެވުނު ކަމަށެވެ. އެއީ އުމުރުން 25 އަަހަރުގެ ނޭޕާލް އަންހެނެއް ކަމަށް ވިދާޅުވިއެވެ. "މައްސަލައިގެ ތަހުގީގަށް އެނގުނު ގޮތުގައި އެ އަންހެން މީހާއަކި މާލޭގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއްކަން. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މެއި މަހުގެ 25 ވަނަ ދުވަހުގެ 11:19 ހާއިރު އެ އަންހެން މީހާ އާއި އޭނާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ ބިދޭސީއަކާއެކު މާލޭގެ މަގުތަގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނިފައިވޭ." ސާމިހް ވިދާޅުވިއެވެ. ސާމިހް ވިދާޅުވީ، ސީސީޓީވީއިން ފެނުނު ގޮތުގައި އެ އަންހެން މީހާ އެކަނި ހިނގާފައި ސިނަމާލެ ބްރިޖަށް އަރައިގެންދާ މަންޒަރު ފެންނަ ކަަމަށެވެ. އެ އަންހެން މީހާ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ އެ ދުވަހުގެ 11:27 ހާއިރު ސިނަމާލެ ބްރިޖް މަތިން ކަަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީީހަށް މި މަރުގައި އިތުރު ފަރާތެއްގެ ސީދާ ބައިވެރިވުމެއް އޮތްކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކަނޑުމަތިން އޮޔާދަނިކޮށް ފެނުނީ ނޭޕާލް އަންހެނެއް: ފުލުހުން

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.