ގިނަ އަދަދެއްގެ ބަޔަކު ލޮރީއެއްގެ ތަށިގަނޑު މައްޗަށް އަރުވައި, ބަންދު ކޮށްގެން އުފުލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން ތަހުގީގު ކުރަން ފަށާފައި މިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިނަމާލެ ބްރިޖު މަތިން ދުއްވާފައިވާ ދިޔަ ލޮރީއެއްގެ ފަހަތަށް ބަޔަކު އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިޔޯއަކާ ގުޅިގެންނެވެ. ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ ފަހަތު ބައިގައި ދަގަނޑު ޖަހައި ހުރީ ބަންދުކޮށްފަަ އެވެ. އޭގެ ފަހަތުގައި ހަރުކޮށްފައި ހުރި ދޮރުގެ މަތިން ޖާލިކޮޅެއް ހުރިއިރު އެތެރޭގައި ތިބި އެއް ބަޔަކު ތިބީ ޖާލިން ބޭރަށް އަތް ދިއްކޮށްގެން ދަގަނޑުގައި ހިފަހައްޓައިގެންނެވެ. ލޮރީގެ ފަހަތުގައި ސަފަކަށް ހަތް މީހުން ފިތިގެން ތިބިއިރު, އޭގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ލަފާކުރެވެ އެވެ. އެ ވީޑިއޯއަށް ކޮށްފައިވާ ކޮމެންޓުތަކުގައި މީހުން ބުނީ އެއީ މުވައްޒަފުންނާ މެދު ކަންކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ޓެގްކޮށް މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެގޮތަށް މީހުން ބަންދުކޮށްގެން އުފުލުމަކީ ހުއްދަކަމެއްްތޯ އަހައި ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޝިފާން ވިދާޅުވީ އެއީ ހުއްދަ އެއީ ހުއްދަ ކަމެއް ނޫނެވެ. ތަހުގީގެއް ފަށައި، ގާނޫނާ ހިލާފަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމުގައި އިތުރަށް ސަމާލުވާނެކަމަށް ޝިފާން ވިދާޅުވި އެވެ.
ލޮރީއެއްގެ ތަށިގަނޑު މަތީ ގިނަ އަދަދެއްގެ ބަޔަކު އުފުލި މައްސަލައެއް ބަލަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.