ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އުފަންދުވަހަކީ އެއްދުވަހެއްކަމަށްވުމުން ދެބޭފުޅުން ހާއްސަ ސިޓީފުޅެއް މެދުވެރިކޮށް، އެއްބޭފުޅަކު އަނެއްބޭފުޅަކަށް އުފަންދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައިފިިއެވެ. ރައީސް ޑރ. މުއިއްޒަށް ޗައިނާ ރައީސްގެ މި ސިޓީފުޅު، އެރުވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ. ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ޝީ ވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، ޖޫން 15 ގައެވެ.

shi1ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެސިޓީފުޅަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްވެސް ބޮޑު އުފާފުޅެއްކަމުގައި ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ހަމަމިއާއެކު އެމަނިކުފާނު ވަނީ ޗައިނާގެ ރައީސަށް ވެސް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ޝީ ޖިންޕިން ވަނީ ރައީސް ޑރ. މުއިއްޒަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފައެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ އާއި ރާއްޖޭގެ ޕާޓްނަޝިޕް އިތުރަށް ހަރުދަނާ ކުރައްވައި، ބިނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.shi2ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް ޗައިނާގެ ރައީސްގެ ސިޓީފުޅާއެކު ރައީސް ޑރ މުއިއްޒުގެ އަރިހަށް ވަޑައިގެންނެވި ޗައިނާގެ ސަފީރު ވަނީ ރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ޑރ މުއިއްޒު އާއި ޗައިނާގެ ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި ކާމިޔާބު ގުޅުމެއް ގާއިމު ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު އުފަންވެވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. ޝީ ޖިންޕިން އުފަންވެވަޑައިގެންނެވީ، 1953 ވަނަ އަހަރުގެ ޖޫން 15 ގަ އެވެ. އެހެންކަމުން ދެ ބޭފުޅުންގެ އުފަންދުވަހަކީ އެއް ދުވަހެކެވެ. ރައީސް މުއިއްޒަށް މިއަދު 46 އަހަރު ފުރިވަޑައިގަންނަވާއިރު ޗައިނާގެ ރައީސަށް ފުރިވަޑައިގަންނަވަނީ 71 އަހަރެވެ.