47 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
މުހައްމަޒު ޒަކީ އަވަހާރަވީ ރޭ އައިޖީއެމްއެޗްގަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުހައްމަދު ޒަކީ ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާތީ އެކަމުގެ އަގު ދައުލަތުން ވަޒަން ކުރައްވާ އިނާމު ދެއްވާފައިވާކަން ފާހަގަކުރައްވާފަ އެވެ. މުހައްމަދު ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ މާޗް ތިނެއް، 1973 ގަ އެވެ. އުމުރުން 65 އަހަރުވެގެން، އޮކްޓޫބަރު 28، 2020 ގައި ރިޓަޔާ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގަ އެވެ. މުޙައްމަދު ޒަކީ ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސީއައި ޑިވިޒަންގެ ފޯމޭނެއްގެ ވަޒީފާ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.