އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅު ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.
ޑރ. ޝަހީމް ކުރިން އެކްސް ޕޯސްޓެއްގައި ވިދާޅުވީ އީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށާއި، އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގަ ކަމުގައެވެ.
"ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް. ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގަ. އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަން."
ޝަހީމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރާ ކަމުގައެވެ.
އިސްލާމީ އަޚްލާގާއި ސަގާފަތުގެ ތެރޭގައި އީދުގެ އުފާ ފާޅު ކުރުމަށް ޝަހީމް އިލްތިމާސް ކޮށްފައިވާއިރު، އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމް ދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ފާހަގަކުރަން ލޯކަލް ގަވަމަންޓް މިނިސްޓްރީން ރަަށު ކައުންސިލްތަކަށް ވަނީ އަންގާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.