ސިނަމާލެ ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު މަރު ވެއްޖެއެވެ.

މަރުވެފައި ވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެ އިންޑިޔާ މީހާ މަސައްކަތުގައި އުޅެނިކޮށް ބޮލަށް އެނބުރުން އަރައިގެން، ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ސިނަމާލެ ބުރިޖް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެ ބުރިޖު ތަރައްގީކޮށް ގާއިމު ކުރި ޗައިނާގެ ކުންފުނިން ނަމަވެސް މިއީ އެ ކުންފުންޏަށް ނިސްބަތްވާ މީހެއްކަމަށް އަދި އެނގިފައެއް ނުވެއެވެ.