ސަރުކާރުން ފައިސާ ދޫކުރުމަށް ޝަރުޠު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައި ވެއެވެ. އޭގެ ތެރެއިން ފައިސާ ދޫކޮށްފައި ވަނީ ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށެވެ. އީސީއިލެކްޝަންސް ކޮމިޝަން، އީސީ އިން ބުނެފައިވާ ގޮތުގައި މި އަހަރަށް ބަޖެޓު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީ ތަކަކީ:
- އެމް.ޑީ.ޕީ
- ޕީޕީއެމް
- ޖޭޕީ
- ޕީ.އެންސީ
- އެމް.ޑީ.އޭ
- ޢަދާލަތު ޕާޓީ
މި ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި ވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުން 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާއެވެ. އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ އަދި ޖޭޕީއަށް 5.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާ،ޕީއެންސީއަށް 8.0 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.