މާވެޔޮ މަގުގައި ހުރި އިމާރާތެއްގެ ބެލްކަނީގެ ބިއްލޫރިގަނޑު ތަޅައިގެން ބިންމައްޗަށް ވެއްޓި، އެދިމާލުން ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ދާދި ކުޑައިރުކޮޅެއް ކުރިން މާވެޔޮ މަގުގައި އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ބިއްލޫރިގަނޑު ފުނޑުފުނޑުވެގެން ފޭބި އިރު އެދިމާލުން ހުރި ސައިކަލުތަކަކަށް ގެއްލުން ވެފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވި ނަމަވެސް މިއީ ކީއްވެގެން ހިނގި ހާދިސާއެއްކަމެއް ސާފުވެފައެއް ނުވެއެވެ.