ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.
ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްްކަތް އަލުން ފެށުމަށް އެކުންފުނިން ދަނީ މަސަައްކަތް ކުރަމުންނެވެ.
އެޗްޑީސީއިން އާންމުކޮށްފައިވާ ޗާޓު
މި މަސައްކަތް ކުރަން ފެށުމަށްފަހު މަސައްކަތުގެ ތެރޭގައި ބިންހިއްކާ ސަރަހައްދު ފަޅުތެރޭގައި ފާހަގަކޮށްފައިވާ ހިސާބުތަކުގައި ހުރި އުޅަނދުތަކަށް ގެއްލުމެއް ލިބިދާނެތީވެ، އެތަނުން އެ އުޅަނދުތައް ޖޫން 23 ގެ ރޭގަނޑު 12:00 ގެ ކުރިން އެތަނުން ނެގުމަށް އެޗްޑީސީ އިން ވަނީ އެދިފައެވެ.
އެއަށްފަހު އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށްޓަކައި ގާއިމު ކުރަން ހިއްކާ ސަރަހައްދެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.