މާފަންނުގައި ހުންނަ އަންހެންބޭފުޅުންގެ ހާއްސަ ލައުންޖުރީސް ފަދަ ސާމާނު ވިއްކުމަށް މަޝްހޫރު "ސޮރީ ބޯއިސް"ގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު މާފަންނުގައި ހުންނަ "ސޮރީ ބޯއިސް" ނަމަކަށް ކިޔާ އަންހެންބޭފުޅުންގެ ސާމާނު ވިއްކާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓު ކުރި މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެ، ފިހާރައިން ގެއްލުނު ތަކެތި މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެފިހާރައިން ގެއްލިފައިވަނީ ކޮން އެއްޗެއް ކަމެެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.