އިއްޔެ ރޭ މަރުވެފައި ވަނީ ސިނަމާލެ ބުރިޖުގައި މަސައްކަތް ކުރިމީހެއް ނޫން ކަމަށާއި، އެއީ ތިލަމާލެ ބްރިޖުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ތިލަމާލެ ބުރިޖުގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ މީހަކު އަނބުރައިގަނެގެން އިއްޔެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސއްކަތްކުރަމުންދިޔަ މީހެއްކަަމުގެ ހަބަރުތައް ފެތުރުމާ ގުޅިގެން އެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުންގެންދާ ޗައިނާގެ ސީސީސީސީ ކުންފުނިން ވަނީ އެކަން ދޮގު ކޮށްފައެވެ. އެކުންފުނިން ބުނީ އެ ކުންފުނީގެ މަސައްކަތްތަކުގައި އިންޑިޔާ ރައްޔިތުން ނޫޅޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.