1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިނަ އަދަދެއްގެ ބިދޭސީންނާއެކު ދަތުރުކުރި ދެ އުޅަނދެއް ހުއްޓުވައި، ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓައިފި

pol0
ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތުމީހުންނާއެކު ސިނަމާލެ ބްރިޖު މަތިން ދަތުރުކުރި ދެ އުޅަނދުގެ ތެރެއިން އެއްޕިކަޕް
މަރްޔަމް ޝަފާ ސައީދު
442ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުއްދަނެތި ގަވާއިދާ ހިލާފަށް, ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތުމީހުންނާއެކު ސިނަމާލެ ބްރިޖު މަތިން ދަތުރުކުރި ދެ އުޅަނދެއް ހުއްޓުވައި ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް، ހުއްދަނެތި މީހުން އަރުވައިގެން މިއަދު މާލެއިން އެއާޕޯޓަށް ދަތުރުކުރި އެ އުޅަނދު ހުއްޓުވައި ޗެކް ކުރިއިރު އެއީ "ބީ" ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދެއް ކަމަށެވެ. ހުއްދަ ނެތް ޒޯނެއްގައި ދުއްވުމުގެ އިތުރުން އަހަރީ ފީ ހަމަ ވެފައި ވާތީ ފުލުހުން ވަނީ އެ އުޅަނދު ޓޯކޮށްފަ އެވެ.

https://twitter.com/Shifan4040/status/1801997155806175238

300 × 250

"ބީ ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދަކާއި އޭ ޒޯންގައި ދުއްވުމާ އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފަ ވާތީ ފިޔަވަޅު އަޅައި އެ އުޅަނދު ވަނީ ޓޯކޮށްފައި،" ފުލުހުން ބުންޏެވެ.

ސޯޝަލްމީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯޓަކުން ފެންނަނީ ޕިކަޕެއްގެ ފަހަތުގައި ޓިނު ޖަހާ ވަށައިގެން ބަންދުކޮށްފައިވާ ތަނަކަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އަރުވައިގެން ގެންދާ މަންޒަރެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ފުލުހުން އިތުރަށް ސަމާލުކަން ދޭނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި