1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

69 ބައިވެރިންނާއެކު ސްފައިސްގެ ކަސްރަތު ޕްރޮގްރާމް ފިޔޯރީގައި ފަށައިފި

FAD0C8F7-6AA7-4D52-91EC-4026255B79CD
މުހައްމަދު އަޚްތަރު
643ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

69 ބައިވެރިންނާއެކު  ސްފައިސްގެ ކަސްރަތު ޕްރޮގްރާމް ފިޔޯރީގައި ފަށައިފި 

ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމަންޓް، ސްފައިސް ޖަމްޢިއްޔާއިން ފިޔޯރީ ގައި ހިނގުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް  ފަށައިފިއެވެ. 

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސްފައިސް ޖަމްޢިއްޔާގެ ރައީސާ ރޫޔާ  މުސްތަފާ ވިދާޅުވީ  މިއަދު ހަވީރު ފެށި ކަސްރަތު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފިޔޯރީ ހެލްތު ސެންޓަރު އަދި ޔޫތު ސެންޓަރު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ގައި ކުރިޔަށް ގެންދާނީ މޫދު ކަސްރަތުގެ އިތުރުން ބައެއް ފިޒިކަލް ކަސްރަތް ކަމަށެވެ.

300 × 250

ރައީސާ ރޫޔާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް ގައި ބައިވެރިވެ 75 އިންސައްތަ ހާޒިރީންނަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރު ފިޔޯރީ ގައި ހިންގި ޕްރޮގްރާމް ފަދައިން މިފަހަރު އެސް ވަރަށް ބޮޑު ތަރުތީބެއް ލިބިފައިވާ ކަމަށާއި އެގޮތުން ފިޔޯރީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ދެމުން ދާ އެއްބާރުލުން ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.

ޖުމްލަ 69 ފަރާތުން ބައިވެރިވެފައިވާ ކަސްރަތު ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ "ފިޔޯރީ ހުއްޓޭކޮޑާ", ސާފު ކުރުމުގެ މަސައްކަތް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ޕްރޮގްރާމްގެ ބައިވެރިވި ފަރާތްތަކާއެކު ސޮސައިޓީ ފޯ ފިޔޯރީ ޔޫތު ކޮމިއުނިޓީ އެންޑް އެންޕަވަރމެންޓް ، ސްފައިސް ޖަމްޢިއްޔާއިން އިއްޔެ ހަވީރު ވަނީ ކޮށްފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި