1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ދާއިމީ ހިޔާވެއްސެއް ނޫން: ވަޒީރު

file_prpohj-ezgif.com-webp-to-jpg-converter
ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް --- ފޮޓޯ: މަޖިލީހުގެ އިދާރާ
އަހުމަދު ލަޔާން
446ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ދާއިމީ ހިޔާވެއްސެއް ނޫން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކ. ގުރައިދޫގައި ގާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ގިނަ ބަޔަކު ދެކޭގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ މީހެއް ނެތް ހާލަތުގައި އުމުރުގެ ބާކީ އޮތް ބައި ވޭތުކުރަން އޮންނަ ތަނެވެ.

300 × 250

ނަމަވެސް، ވަޒީރު ވިދާޅުވީ، އެގޮތަށް މީގެ ފަހުން އެ މަރުކަޒު ނުހިންގާނެ ކަމަށާއި، އެ މަރުކަޒަށް އަންނަ ކޮންމެ މީހަކަށްވެސް ވަކި މުއްދަތެއް ކަނޑައެޅޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އެތަނަކީ ނަފްސާނީ ގޮތުން ބަލި މީހުން ފަރުވާ ހޯދުމަށް ގާއިމްކޮށްފައިވާ ތަނެއް ކަމަށާއި، އެތަނަށް ރެޖިސްޓަރ ކުރާ ކޮންމެ ފަރާތަކުންވެސް އެ މަރުކަޒުން ފަރުވާ ހޯދުމަށްފަހު އާއިލާތަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

އެ މަރުކަޒުގައި ތިބޭ މީހުން މުޖުތަމައުއަށް ތައްޔާރު ކުރުމަށްޓަކައި އެ މަރުކަޒުގައި، އެމީހުނަށް އެތައް ޕްރޮގްރާމުތަކެއް މިހާރު ހިންގަން ފަށާފައިވެއެވެ. އެގޮތުން އެމީހުންނަށް ގޭތެރޭގެ ދިރިއުޅުމުގެ ހުނަރުތައް އުނގަންނައިދިނުމައްޓަކައި ގެއެއްގެ އެތެރެ ރަމްޒުވާ ގޮތަށް ވަކިން ތެރަޕީ ވިންގެއް މި ސަރުކާރުން ހުޅުވާފައިވެއެވެ.

މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އެތައް ބަޔަކު މުޖުތަމައު އަށް ތައްޔާރުކޮށް އަނބުރާ އާއިލާތަކާއި ހަވާކުރަައްވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި