މި ޖޫން މަހުގެ ފުރަތަމަ ވިހި ދުވަސްތެރޭ މިސްކިތަކުން 10 ފަންކާ ވަގަށް ގެންގޮސްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކައުންސިލުން ބުނެފައި ވެއެވެ.
https://twitter.com/MaleCitymv/status/1803845022447734841
މާލެެސިޓީއުންސިލުން ވނީ މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ ދުވަސްތަކެއް ކުރިން ތަޤުވާ މިސްކިތުން 7 ފަންކާގެ އިތުރުން ދަރުމަވަންތަ މިސްކިތުން ދެ ފަންކާ އާއި މޯޓަރު ވެސް ވަގަށް ނަގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.