ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވަނީ ވެކްސިން ޖެހުމުގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރެވޭނެ 28 ރަށުގެ ތެރޭގައި ގއ ދެއްވަދޫ އާއި ރަތަފަންދޫ ހިމެނެއެވެ.
މީގެ އިތުރުން ޕީސީއާރް ޓެސްޓަކާއި ނުލައި ދަތުރުކުރެވޭނެ ރަށްތަކަކީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދޫ، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ކަމަދޫ، އއ. މަތިވެރި، އދ. ދިގުރަށް، އދ. ފެންފުށި، އދ. ދިއްދޫ، ވ. ރަކީދޫ، ވ. ފުލިދޫ، ފ. މަގޫދޫ، ފ. ދަރަންބޫދޫ، ފ. ފީއަލި، ލ. ހިތަދޫއެވެ.
ހުވަދު އަތޮޅުގެ ދެރަށެއް ހިމެނޭ ލިސްޓުގައި ވާ ގއ ދެއްވަދޫގެ 12 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 92 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި ގދ ރަތަފަންދޫގެވެސް 12 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 92 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.
ދެއްވަދޫގެ 65 އަހަރުން މަތީގެ އާބާދީގެ 100 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި ރަތަފަންދޫގެ 65 އަހަރުން މަތީގެ އާބާދީގެ 99 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.