އަށާރަ އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެކްސްޕޯސްޓުގައި ފުލުހުން ބުނީ މާލެ ސިޓީ ހެންވޭރު ބްލޫޑްރީމް ނަަމަކަށް ކިޔާގޭގެ އަށާރަ އަހަރުގެ ހުސެއިން ޒިހާން ނަމަކަށް ކިޔާ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.