އަފްޣާނިސްތާނުގައި 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އައި ދިވެއްސެއް ކަމުގައިވާ، އަލީ ޝާފިޢު އާއި އޭނާގެ އާއިލާ މިއަދު މިނިވަން ވެއްޖެއެވެ. ޝާފިއު އާއި އޭނާގެ އާއިލާ އަށް ޖަލުހުކުމެއް އައިސްފައިވަނީ، ހަނގުރާމައިގައި ބައިވެރިވާން ދިޔުމުގެ ކުށް ސާބިތުވެފައި ވުމުންނެވެ.
އެ އާއިލާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދީފައިވާ، މީހަކު ބުނީ ޝާފިއު މިނިވަންވީ އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހު ކަމަށެވެ. ޖަލުން ސަލާމަތް ވީނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް އާއިލާ އިން މީޑިއާއަށް މައުލޫމާތު ދީފައިވާ މީހާ ބުނެފައިވެއެވެ،
މައުލޫމާތު ލިިބިފައިވާ ގޮތުގައި، އާއިލާއިން އެމީހުންނާއޮ ވާހަކަ ދެކެވުނު ކަމަށާއި، ރައްކާތެރި ހިސާބެއްގައި އާއިލާ ތބުމުގެ އިތުރުން، އެމީހުންގެ ހާލުވެސް ރަނގަޅެވެ.ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ ޑިސެމްބަރު، 2018 ގައި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހުގަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.