1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖެންޑާ އީކުއެލެޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަންކޮށް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފި

Jender
ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތަކަށް ޖެންޑާ އީކުއެލެޓީ މޮޑެލް އެޑްވޮކޭޓުން ތަމްރީން ކުރަނީ/ފޮޓޯ: އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އައިޝަތު އަންޖަަލް
220ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްކޮށް ޤާނޫނާއި ޤަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް (ޖެންޑާ މެއިން ސްޓްރީމް ކުރުމަށް) ޖީ.އީ.އޭ.ޕީގެ ޕޮލިސީ ލަނޑުދަނޑި 3 އާއި އެއްގޮތްވާ ގޮތުގެ މަތިން މުއައްސަސާތަކުގެ ފަންތީގައި މިންތީގެ ހަމަހަމަ ފުރުސަތު ތަނަވަސްކުރުމުގެ ބޭނުމުގައި ޖެންޑާ އީކުއެލެޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަންކޮށް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމަށް ވަނީ ނިންމާފައި ކަމަށާއި، އެގޮތުން މިނިވަން މުއައްސަސާތައް ހިމެނޭގޮތަށް ޖެންޑަރ އެޑްވޮކޭޓުން އައްޔަނުކުރެވިގެންދާނެ ކަމަށެވެ. އެހެންކަމުން އެ ވުޒާރާގެ އެދުމަކީ ޖެންޑަރ އެޑްވޮކޭޓުން މެދުވެރިކޮށް އެފަރާތްތައް ތަމްސީލުކުރާ އިދާރާތަކުގައި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ މަސައްކަތްތަކަށް ފުރިހަމަ އަޙައްމިއްޔަތުކަމެއް ދެވިގެން ދިއުން ކަމަށްވެސް ބުނެފައި ވެއެވެ.

ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތަކަށް ޖެންޑާ އީކުއެލެޓީ މޮޑެލް އެޑްވޮކޭޓުން ތަމްރީން ކުރަނީ/ފޮޓޯ: އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

300 × 250

މީގެ އިތުރުން ހުރިހާ ދާއިރާއެއްގައި ވެސް ކަނޑައެޅޭ ސިޔާސަތުތަކާއި ހިންގޭ ހަރަކާތްތަކަކީ އަންހެނުންނާއި، ފިރިހެނުން އަދި އަންހެން ކުދިންނާއި، ފިރިހެން ކުދިން ހިމެނޭގޮތަށް، މުޖުތަމައުގައި އުޅޭ ހުރިހާ އެންމެންގެ ވަކިވަކި ބޭނުންތަކަށް ރިއާޔަތްކުރާ، ހަމަހަމަކަމަށް ވާސިލުވާނެ ފަދަ ކަންކަމަށް ވެގެންދިއުން ކަމަށްވެސް ބުނެފައި ވެއެވެ.

ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތަކަށް ޖެންޑާ އީކުއެލެޓީ މޮޑެލް އެޑްވޮކޭޓުން ތަމްރީން ކުރަނީ/ފޮޓޯ: އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

2019 ވަނަ އަހަރު ތަސްދީގުކުރެވުނު މިންތީގެ ހަމަހަމަކަމާއި ބެހޭ ގައުމީ ސިޔާސަތާއި 2022 ވަނަ އަހަރުގެ މާރިޗް މަހު އިފްތިތާހުކުރެވުނު ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) އާއެކު މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، މިންތީގެ ތަފާތުކުރުމުގެ މައްސަލަ ހައްލުކޮށް އިތުރަށް ހަރުދަނާ ކުރުމަށް އޮނިގަނޑެއް ވަނީ އެކުލަވާލެވިގެން ގޮސްފަ ކަމަށެވެ.

މީއީ ދައުލަތުގެ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރ ޖަމިއްޔާ ޖަމާޢަތްތަކާއި، މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުލިބިގެންދިޔަ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި