ފުވައްމުލަކުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ. އޭނާ ފެނިފައިވަނީ ގެއްލުނުތާ 10 ދުވަސް ފަހުންނެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މީގެ ކުރިން ވިދާޅުވީ، އިޔާޝްގެ ހަބަރެއް ނުވެ އާއިލާއިން އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އިޔާޝް ފެނުނު ކަމަށް ފުލުހުން ރޭ ބުނެފައިވާއިރު، ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ ހުސެއިން ޒިހާން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.