ނިމިދިޔަ ސަރުކާރުން ވޭރިއޭޝަންގެ ނަމުގައި، ގިނަ ކުންފުނިތަކަކަށް ފައިސާ ދީފައިވަނީ ނަހަމަ ގޮތުގައިކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މާލީ ވުޒާރާއި އެކު ބޭއްވި ބައްދަލުވުމުގައި އެ ވުޒާރާއިން ވަނީ ވޭރިއޭޝަންގެ ނަމުގައި އެކި ކުންފުނިތަކަށް ފައިސާ ދިނުން، މިދިޔަ ސަރުކާރުގައި އާމްދަނީ ހޯދާ ނިޒާމަކަށް ބަދަލުވެފައިވާކަމަށް ބުނެފައެވެ.
މިގޮތުން އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މަޝްރޫއުތަކުގެ ބިޑަށް ހުޅުވާލުމާއިއެކު، އެންމެ ކުޑަ އަގެއް ހުށަހަޅައި، ބިޑު ކާމިޔާބު ކުރުމަށްފަހު ވޭރިއޭޝަންގެ ނަމުގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކުން ނަގާފައިވާ ކަމަށެވެ.-
"ވޭރިއޭޝަން މިގޮތަށް އަންނަން ދިމާވާ މައްސަލައަކީ ޕްރޮޖެކްޓް މިއޮތީ އެވޯޑް ކުރެވިފައި. ބައެއް ފަހަރު އެބައާދޭ ދޮރުތައް ޖަހަން 20 މިލިއަން, 25 މިލިއަން އިތުރު ކުރަން. މިކަހަލަ އެތައް ކަމެއް އެބަހުރި. ދައުލަތުން ބޭސް ސަޕްލައި ކުރުމުގައި ވެސް ނުވަތަ ރީއެޖެންސް ސަޕްލައި ކުރުމުގައި ވެސް. ވޭރިއޭޝަން އަކީ އާމްދަނީ ހޯދުމުގެ މަގަކަށް ވެފައި މިއޮންނަނީ." ސާއިދު ވިދާޅުވިއެވެ.
ސާއިދު ވިދާޅުވީ މާލީ ނިޒާމުތެރެއިން ނާޖާއިޒް ފާއިދާ ނެގޭ ގޮތަށް އޮތް މި ކަންތައް މާލިއްޔަތު ޤާވާއިދަށް އިސްލާހު ގެނެސްގެން މިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.