ކުޑަވެގެން ލިންކްޑްއިންގެ "ސްޓޯރީޒް" ފީޗާ އަށް މަގުބޫލުކަން ކުޑަވުމުން ހުއްޓާލަން ނިންމައިފި އެވެ.
ލިންކްޑްއިން ކޯޕަރޭޝަނުން ފާއިތުވީ އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވީ އަހަރުގެ ފެބްރުއަރީ މަހު ލޯންޗްކޮށްފައިވާ "ސްޓޯރީޒް" ފީޗާ ކުރިއަށް ނުގެންދަން ނިންމާފައި ވަނީ މިހިގާ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ފަހުގައި ކަމަށެވެ. ކުންފުނީގެ ޕްރޮޑަކްޓްގެ ސީނިއާ ޑިރެކްޓަރު ލިޒް ލީ ވިދާޅުވި ގޮތުގައި މި ފީޗާ ހުއްޓާލަން ނިންމީ އާންމުންގެ ފަރާތުން އެ ފީޗާ އަށް މާ ބޮޑު ތަރުހީބެއް ނުލިބި، މިހާރު ބޭކާރުވެފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.
އަހަރެއްހާ ދުވަސް ފަހުން ލިންކްޑްއިން "ސްޓޯރީޒް" ފީޗާ ހުއްޓައިލަން ނިންމި އިރު، ޖުލައި މަހުގެ ތެރޭގައި ޓްވިޓާ އިން ވަނީ އެ ޕްލެޓްފޯމުން ނެރެފައިވާ "ފްލީޓްސް" ގެ ނަމުގައި ތައާރަފުވި ސްޓޯރީ ފީޗާ ވެސް ހުއްޓާލައިފަ އެވެ.
އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މުހިއްމު ބައެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ "ސްޓޯރީޒް" ފީޗާ ތައާރަފުކުރަން އުޅޭ މަޝްހޫރު އެޕްތަކުގެ ތެރޭގައި ޓިކްޓޮކް ހިމެނެ އެވެ. މި ފީޗާ ގެންގުޅޭ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމާއި ސްނެޕްޗެޓާއި ޕިންޓަރެސްޓާއި ނެޓްފްލިކްސް، ޔޫޓިއުބް އަދި އެކްސްބޮކްސް އެޕް ހިމެނެ އެވެ.
ލިންކްޑްއިން އަކީ 2003 ގައި ވުޖޫދަށް އައިސްފައިވާ އެއްޗެކެވެ. ލިންކްޑްއިން ބޭނުންކުރާ މީހުންގެ އަދަދު މިހާރު 740 މިލިއަނަކަށް ވުރެ ގިނަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.