1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ނިޔާވެއްޖެ

l_2021_04_28_121733_njuzf3sckbo1phqmxwl7gr5yiv2teda4896_EN_
ލ. ދަނބިދޫ
އަހުމަދު ލަޔާން
317ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލްއާ  ހަވާލާދީ "ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޫދުގައި ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 65 އަހަރުން މަތީގެ އަންހެނެއް ކަމަށާއި އޭނާއަކީ އާންމުކޮށް މޫދަށް ގޮސް އުޅޭ އަންހެނެއް ނޫން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެ އަންހެން މީހާއަކީ އާމްދަނީ ހޯދުމަށް ފަންގިވިނުމުގެ މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި އެމީހާ އެ ރަށުގައި ދިރިއުޅެނީ ދެމަފިރިއަކާ އެކުގައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

300 × 250

"އެ އަންހެން މީހާ މިއަދު ފަންގިވިނުމުގެ މަސައްކަތުގައި އުޅެފައި އަސުރުގެ ކުރިން، ގާތްގަނޑަކަށް 3:30ގެ ކުރިން މޫދަށް ދިޔައީ." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވި ގޮތުގައި އެ އަންހެން މީހާ މޫދުގައި ނިޔާވެފައި އޮއްވައި ފެނިފައި ވަނީ މިއަދު ހަވީރު 4:50 ހާއިރެވެ.

"މޫދުގައި ނިޔާވެފައި އޮޮއްވައި ގާތްގަނޑަކަށް 100 ފޫޓު ދުރުން، އޮޔާ ދަނިކޮށް ފެނުނީ،" ފަޒީލް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ނުލިބެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި