ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދަން ތަންތަން ބަލައި ފާސް ކުރުމަށް ފުލުހުން ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގައި އިއްޔެ އެކަނިވެސް 50 އަށްވުރެ ގިނަ ބިދޭސީން ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
މާލޭގެ މަޖީދީ މަގުގައި ހުންނަ ހާފް ޕްރައިސް ތަރުކާރީ ފިހާރައަށް ފުލުހުން ބަލައި ފާސް ކުރާ މަންޒަރު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވަމުން ދިޔުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ވީޑިއޯއަކީ ވެސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބީދޭސީން ހޯދަން ތަންތަން ބަލައި ފާސް ކުރަން ފުލުހުން ހިންގާ އޮޕަރޭޝަނުގެ ބައެއް ކަމަށެވެ.
ޝިފާން ވިދާޅުވީ އިއްޔެ އެކަނި ވެސް އެފަދަ 50 ބިދޭސީން ހޯދައި، އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.