" މާމަ ކާފަ ދުވަސް 2021“ ފާހަގަ ކުރުމަށް ވާދޫ ޖަމާލުއްދީން ސުކޫލްގައި ވަނީ ކުލަ ގަދަ ކޮށް ފާހަގަ ކުރެވިފައެވެ. އެގޮތުން
މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ގދ ވާދޫ ގައި ދިރިއުޅޭ ހުރިހާ މާމަ ކާފައިން ވަނީ ޕޮލިސް މޮޓޯ ކޭޑުގައި ސްކޫލަށް ގެންގޮސް ސް، ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އިއްޔެ ހެނދުނު ބޭއްވި މި މޮޓޯ ކޭޑް ގައި ކާފަ މާމައިން ރަށުގެ މަގުތަކުން ސްކޫލަށް ގެންގޮސްފައިވަނީ އެ ރަށުން ލިބެންހުރި ބައެއް އެއްގަމު އުޅަނދުތަކެވެ.
އިއްޔެ 10 ޖަހަން ދެން ކުރިޔަށް ދިޔަ މި ޙަރަކާތުގައި ދުވަހާ ގުޅިގެން ވާހަކަ ދައްކުމުގެ އިތުރުން ޚާއްޞަ ކޭކެއް ފެޅުމާއި ހަދިޔާ ޙަވާލު ކުރުން ކުރިޔަށް ދިޔައެވެ.
ކާފަ މާމައިން ސްކޫލަށް ދިޔުމުން ސްކޫލުން މަރުހަބާ ކިޔާފައި ވަނީ އެ ސްކޫލް ގެ ދަރިވަރުންނާއި މުދައްރިސުންނެވެ.
މި މޮޓޯ ކޭޑް ހަރަކާތްތުގައި އެހީތެރިވެދިން ވާދޫ ޕޮލިސް ސްޓޭޝަނާއި ރަސްމިއްޔާތަށް ކާފަ މާމައިން ގެންދިއުމަށް ވެހިކަލްގެ އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ވާދޫ ޖަމާލުއްދީން ސްކޫލުން ޝުކުރު ދަންނަވައެވެ.
ވާދޫ ޖަމާލުއްދީން ސްކޫލުން ބުނެފައި ވަނީ މާމަ ކާފަ އިން ނަކީ މިގައުމުގެ ބިންގާ އަދި މިގަމުގެ ތާރީޚީ އެންމެ އަގުބޮޑު ރައުސުލްމާލުކަމަށާއި އެހެންކަމުން ދުވަހުގެ މުނާޞަބަތުގައި ރާއްޖޭގެ އެންމެހާ މާމަ ކާފަ އިންނަށް ހެޔޮއެދުމާއި ތަހާނީ އަރުވާކަމަށެވެ.
ކާފަ މާމައިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ހުވަދު ގައި ވަނީ އެކި ފެންވަރުގައި ކުރިޔަށް ގެންގޮސްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.