އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރު ކުރިމީހާ އަށް 7 ދުވަހަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ގއ. ވިލިނގިލީގައި ކަމަށެވެ. އެގޮތުން އެރަށުގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލަ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާއާބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށާއި މި މައްސަލައާއި ގުޅޭގޮތުން ގޮތެއްނިންމުމަށް ވިލިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ވަނީ ހައްޔަރު ކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.