1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިޓަލީގެ ފައިޓާ ޖެޓުތައް ހުކުރު ދުވަހުގެ ނިޔަލަށް ވީއައިއޭއަށް ޖައްސާނެ!

gred0alb0aiizsz-876x675
ވީއައިއޭ ޖައްސާފައިވާ އިޓަލީގެ ޖެޓުތައް/ ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
ރިފާޢު ރަޝީދު
434ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

  އިޓަލީވިލާތުގެ އަސްކަރީ ފައިޓާ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ ހުކުރު ދުވަހާ ހަމައަށް ޖައްސަމުން އަންނާނެ ކަމަށާއި އެ އުޅަނދުތަކުން ހަތިޔާރެއް ނުއުފުލާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއީ އިޓަލީވިލާތުގެ ވައިގެ ސިފައިން ބައިވެރިވާ އަސްކަރީ ތަމްރީނުތަކަކަށް ފަހު، އެނބުރި އިޓަލީވިލާތަށް ދިއުމުގެ މަގުމަތީގައި ވީއޭއައިގައި ޓްރާންސިޓް ކުރާ ޖެޓުތައް ކަމަށެވެ. އިޓަލީގެ އަސްކަރީ ބޯޓުތައް ވީއައިއޭއަށް ޖައްސާނީ "ޓެކްނިކަލް ސްޓޮޕް އޯވާ"އެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އޭގެ ބޭނުމަކީ އަސްލު މަންޒިލަށް ދިއުމުގެ މަގުމަތީގައްޔާއި، އެނބުރި އިޓަލީއަށް ދިއުމުގެ މަގުމަތީގައި ތެޔޮ އަޅަން، ނުވަތަ ކްރޫއިން އަރާމު ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ހުރިހާ އަސްކަރީ މަތިންދާ ބޯޓެއް ވެސް ޖެއްސީ، ކަމާބެހޭ އިދާރާތަކުން ދުރާލައި، އެ ކަމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ނަގައިގެންކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

300 × 250
gred0amaqaazi0e-1001x1024

އެ ޖެޓުތަކުގައި އެއްވެސް ހަތިޔާރެއްގެ އިތުރުން ކާގޯ ވެސް ނުހިމެނޭނެކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

އެކި ގައުމުތަކުގެ އަސްކަރީ މަތިންދާ ބޯޓުތައް މީގެކުރިން ވެސް ރާއްޖެއަށް ތެޔޮ އެޅުމަށް ޓަކައި، ނުވަތަ ކުދިކުދި މަރާމާތުތައް ކުރުމަށް ދަތުރު ތެރެއިން ޖައްސައި ހަދައެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދަށް ބޯޓުތައް ވަންނާނީ އެ ކަމަށް ނަގަން ޖެހޭ ހުއްދަތަކާއެކުގައެވެ. އަދި އެއާޕޯޓަކަށް ޖެއްސޭނީ ވެސް ކޮންޓްރޯލް ޓަވަރުން ކްލިއަރެންސްދީ ހުއްދަ ދިނުމާއެކުގައެވެ.

އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސާނީ އޮފިޝަލް ވިދާޅުވި ގޮތުގައި، ޓެކްނިކަލް ސްޓޮޕް އޯވާގެ ގޮތުގަ އެވެ. އޭގެ ބޭނުމަކީ ބޯޓުތަކަށް ތެޔޮ އަޅަން ނުވަތަ ކްރޫއިން އަރާމުކުރާށެވެ.

އެއާޕޯޓަށް އެ ޖެޓުތައް މިއަދު ޖައްސަން ތިރިކުރި ވަގުތު މާލެ ސަރަހައްދަށް ބާރު އަޑުފަތްގަނޑެއް އިވުނެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވީ، އެ ޖެޓުތަކުގެ އަޑުތައް ގަދައީ ފައިޓާ ޖެޓުތަކަކަށް ވާތީ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި އެއްވެސް ހަތިޔާރެއް އަދި ކާގޯ ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި