1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި

fathuruverin
މޯލްޑިވިއަންއިން ޝަންހާއީއަށް ކުރި ފުރަތަމަ ސީދާ ދަތުރުން އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ: މޯލްޑިވިއަން
މަރިޔަމް އަފީފާ
883ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1,229,419 އަށް އަރާފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1,287,850 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4.5 އިންސައްތަ ދަށް އަދަދެކެވެ. މިހާތަނަށް ރާއްޖެއަށް 159,537 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 161,766 ފަތުރުވެރިންނާ އަޅާ ބަލާއިރު 1.3 އިންސައްތަ ދަށް އަދަދެެކެވެ.

300 × 250

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 5 ޤައުމު:

ޗައިނާ: 210,109 ފަތުރުވެރިން
ރަޝިއާ: 175,814 ފަތުރުވެރިން
* އިނގިރޭސިވިލާތް: 96,179 ފަތުރުވެރިން
* އިޓަލީވިލާތް: 78,982 ފަތުރުވެރިން
* ޖަރުމަނުވިލާތް: 75,550 ފަތުރުވެރިން

ވަކިވަކި އެއަރޕޯޓްތަކަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1،168،608 ފަތުރުވެރިންކަމަށްވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 97.5 އިންސައްތައެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް 4،411 ފަތުރުވެރިން ޒިޔާރާތްކުރިއިރު، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށްވަނީ 4،004 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 72.8 އިންސައްތަ ނުވަތަ 853،863 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. 22.7 އިންސައްތަ ނުވަތަ 266،670 ފަތުރުވެރިން ގޮސްފައިވަނީ ގެސްޓްހައުސްތަކަށެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެންދަށަށް ދިޔަނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި