ނިމިދިޔަ ސަރުކާރުގައި ގައުމު ވައްޓާލާފައި އޮތް އަނދަވަޅު ނުފެނި، މި ސަރުކާރުގެ ވައުދު ނުފުއްދާތީއޭ ގޮވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ( ސިނާ ) ވިދާޅުވެއްޖެއެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ދެރައީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުނުފެނި ވައުދު ނުފުއްދައޭ ދޮގާއި މަކަރު ހަދަނީއޭ ގޮވާތީ ކަމަށާޢި، ނަމަވެސް މިޙާލަތުގައިވެސް  7 މަސްދުވަސްތެރޭ ކުރަމުން އަންނަ ކަންތައްތައް ފެންނައިރުވެސް ސިޔާސީ ފައިދާއަކަށް ގައުމުގެ ހަމަޖެހުން ބަޔަކު ނަގާލަން ކުރާ މަސައްކަތް ރައްޔިތުންނަށް ފެންނަ ކަމަށެވެ. މަސްވެރިންނަށް ފައިސާ ދިނުން އެއީ ބަޔަކު ހަޅޭއްލަވައިގެންވީ ކަމެއްކަން އެއްބަޔަކަށްހީވުން ކަމަށާއި، ގައުމު ހިންގަން ހަވާލުވެ ހުންނެވި ރައީސް ⁦‪ޑރ މުއިއްޒު އަމާނާތްތެރި ކަމާއި އެކު ކަންކަން ކުރުމަށް އަޅާ ފިޔަވަޅުތަށް ފެނި އެއާއި ވިއްދާ ނުވަތަ ވާނެކަން ޔަގީން ވުމުން އަސްލުގެއްލުވާލުމަށް ބަޔަކު ނުކުމެ ހަޅޭއްލަވައި މުޒާހަރާ ކުރުމުން ވީކަމެއްކަން ދައްކަން ހަދާ ބޭކާރު ސްޓަންޓުތައް ކަމަށެވެ

ދެރައީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުނުފެނި ވައުދު ނުފުއްދައޭ ދޮގާއި މަކަރު ހަދަނީއޭ ގޮވާތީ، ނަމަވެސް މިޙާލަތުގައިވެސް މިވީ 7 މަސްދުވަސްތެރޭ ކުރަމުން އަންނަ ކަންތައްތައް ފެންނައަިރުވެސް ސިޔާސީ ފައިދާއަކަށް ގައުމުގެ ހަމަޖެހުން ބަޔަކު ނަގާލަން ކުރާ މަސައްކަތް! މަސްވެރިންނަށް ފައިސާ ދިނުން އެއީ ބަޔަކު ހަޅޭއްލަވައިގެންވީ ކަމެއްކަން އެއްބަޔަކަށްހީވުން! ގައުމު ހިންގަން ހަވާލުވެ ހުންނެވެ އަޅުގަނޑުމެންގެ ރައީސް ⁦‪@MMuizzu‬⁩ އަމާނާތްތެރި ކަމާއި އެކު ކަންކަން ކުރުމަށް އަޅާ ފިޔަވަޅުތަށް ފެނި އެއާއި ވިއްދާ ނުވަތަ ވާނެކަން ޔަގީން ވުމުން އަސްލު ގެއްލުވާލުމަށް ބަޔަކު ނުކުމެ ހަޅޭއްލަވައި މުޒާހަރާ ކުރުމުން ވީކަމެއްކަން ދައްކަން ހަދާ ބޭކާރު ސްޓަންޓުތައް- މެމްބަރު ސިނާ

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދުކުރާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން އިއްޔެވަނީ ބުނެފައެވެ. އެހެންނަމަވެސް މަޖިލީހުގައި އެޕާޓީ ތަމްސީލު ކުރަނީ މަދު މެމްބަރުން ކޮޅެކެވެ. އެމްޑީޕީގެ ވޯޓާއި ނުލައި ވެސް ސަރުކާރުން ބޭނުންވާ ހުރިހާ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ސަރުކާރަށް އެބަ އޮތެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ އިސްލާހީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނި ތަކުގެ ހަރަދު ކުޑަކުރުމާއި، ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލުން އެއީ ސަރުކާރުގެ ޕްލޭންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.