1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވި ފުރަތަމަ ބެޗުން ހުރިހާ ދަރިވަރުން ފާސް!

395497_3_6a4e4c505385d5f2f05368c1385360df730f6cef_large
އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ދަރިވަރުން، އެ ސްކޫލުގެ ލެކްޗަރާއިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން
އަހުމަދު ލަޔާން
5,457ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ޑޮކްޓަރަކުން ކިޔަވަން ފެށި ފުރަތަމަ ބެޗުން ހުރިހާ ދަރިވަރުން ރަނގަޅު ނަތީޖާއާ އެކު ފާސްވެ ކިޔެވުން ފުރިހަމަކޮށްފި އެވެ.

މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު، 2018ގަ އެވެ.

ފަސް އަހަރުގެ މި ކޯހުގެ އެންމެ ފަހު އިމްތިހާނު އޮތީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ޓެސްޓުގައި ބައިވެރިވި 22 ދަރިވަރުންނަށް މިއަދު ނަތީޖާ ލިބުނީ އެ ހުރިހާ ދަރިވަރުން ވެސް ފާސްވި ކަމަށެވެ. އެހެންވެ، އަންނަ އޮކްޓޯބަރު މަހު އެމްއެންޔޫން ބާއްވާ ދަސްވެނިވުމުގައި މެޑިސިން ސްކޫލުގެ ފުރަތަމަ ބެޗްގެ ދަރިވަރުން ގްރެޖުއޭޓްވާނެ އެވެ.

300 × 250

ދެ ވަނަ ބެޗުގެ ދަރިވަރުން ވެސް އަންނަ އޮކްޓޯބަރު މަހު ފަހު އިމްތިހާން ހަދާނެ އެވެ.

މެޑިސިން ސްކޫލުގެ ޑީން، ޑރ. ޝީޒާ އަލީ މިރޭ ވިދާޅުވީ އަލަށް ފެށި ކަމަކަށް ވުމުން އެމްބީބީއެސް ކޯސް ގެންދަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް، ހުރިހާ ދަރިވަރުން ވެސް ރަނގަޅު ނަތީޖާއަކާ އެކު ކިޔެވުން ފުރިހަމަކުރުމަކީ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިއަރީ ބައިގައި ކިޔަވައިދިނީ ރާއްޖެ އާއި ބޭރުގެ ޑޮކްޓަރުންނެވެ. ކްލިނިކަލް ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަދި އޭޑީކޭގަ އެވެ.

ޝީޒާ ވިދާޅުވީ ރާއްޖޭގައި ތިބެގެން ކިޔެވިއަސް، ކޯހުގެ ހުރިހާ ކަމެއް ބެލެހެއްޓީ ކެބަންސާން ޔުނިވާސިޓީގެ ދަށުން ކަމަށެވެ. ފުރަތަމަ ބެޗަށް ވުމުން އެ ދަރިވަރުންގެ ޓެސްޓަށް ބޭނުންވާ ތަކެތި ވެސް ފޮނުވީ އެ ޔުނިވާސިޓީންނެވެ.

އޭގެ އިތުރުން، ކިޔެވުމުގެ ކޮލިޓީ ބެލުމަށް އެ ޔުނިވާސިޓީން ކޮންމެ އަހަރަކު ދެ ފަހަރު އެސެސްމަންޓް ހަދަ އެވެ.

މި ކޯހުގެ ފީއަކީ މަހަކަށް ގާތްގަނޑަކަށް 10،000ރ އެވެ. ނަމަވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން، އެމްއެންޔޫގައި ވެސް ހިލޭ ޑޮކްޓަރުކަން ކިޔެވެ އެވެ. މިހާރު ވެސް އެ ތަނުން 220 ކުދިން އަންނަނީ އެމްބީބީއެސް ހަދަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި