ދައުލަތަށް ސާޅީސް ތިން އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މާފަންނު ކަރާދުނބުރިއާގެ، އަލްމަރުޙޫމް މުޙައްމަދުފުޅު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ މުޙައްމަދުފުޅު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުއިއްްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ މުހައްމަދުފުޅު ސަރުކާރުގެ ހިމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައި ކަމަށެވެ.

ހަމަމިއާއެކު ރައީސް ޑރ މުއިއްޒު މިވަނީ މުހައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

މުހައްމަދުފުޅު ނިޔާވިއިރު އުމުރަކީ 80 އަަހަރެވެ. މުހައްމަދުފުޅުގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.