1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސޯސަންމަގު 'ޝޮޕް އެންޑް ސޭވް' ކުރިމަަތިން ފެނުނު ދެހާސް ރުފިޔާގެ ވެރި ފަރާތެއް ހޯދަނީ: ފުލުހުން

340
ދިވެހި ފައިސާގެ 500ގެ ނޫޓުތަކެއް
މަރްޔަމް ޝަފާ ސައީދު
314ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭސިޓީގެ މަގުމަތިން ހޮވައިގެން ގެނެސްފައިވާ ދެހާސް ރުފިޔާގެ ވެރިފަރާތެއް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި މަހު 1 ވަނަ ދުުވަހު ސޯސަން މަގުން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ 2،000 ރުފިޔާގެ ވެރިފަރާތެއް ހޯދަމުންދާ ކަމަށެވެ. އެ ފައިސާގެ ވެރިފަރާތުން 9400053 އަށް ގުޅަން ފުލުހުން ވަނީ އެދިފައެވެ.

ކޭސްގެ އިންސިޑެންޓް ނަންބަރަކީ 603601 އެވެ.

300 × 250

އެ ފައިސާ ހޯދާފައިވަނީ މާލޭގެ ސޯސަންމަގުގައި ހުންނަ "ޝޮޕް އެންޑް ސޭވް" ފިހާރަ ކުރިމަތިންނެވެ.

އެ ފައިސާގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއިއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ވެސް ވައްކަމުގެ ތުހުމަތު ކުރެވޭ މީހުންގެ އަތުން ފުލުހުން ހޯދާފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ފުލުހުން ދަނީ ހޯދަމުންނެވެ. އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި