ހަތިމެއްގައި ދަތް އަޅައި، ވީދާލި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް މިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ އެމްޑީ ހަންނާނު (36އ) ބަންގްލަދޭޝް އެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ ހާދިސާގެ ރިޕޯޓުން އެނގޭ ގޮތުން މިސްކިތެއްގައި އޮތް ހަތިމެއްގައި އޭނާ ދަތްއަޅައި ވީދާލި ކަމަށް ބެލެވޭ ކަމަށެވެ. އެއީ ކޮން މިސްކިތެއް ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ކްރިމިނަލް ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.