1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

އެހެން މީހުންގެ ހަށިގަނޑުގެ ވަނާތަކަށް ބަލަނީ ބަލަން ޖެހިގެންތަ؟

women-attract-to-men
ސާޢިދު ޢަލީ
770ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޭރުތެރޭގައި އުޅޭއިރު އަޅުގަނޑުމެންގެ ލޯތަށް އަމާޒުވެފައި ހުންނަނީ ކޮންމެވެސް ދިމާޔަކަށެވެ. ފިރިހެންވެރިންގެ ލޯތަށް ރީތި އަންހެން ކުއްޖަކާއި ދިމާލަށެވެ. ނުވަތަ އަންހެންވެރިންގެ ލޯތަށް އަމާޒުވެފައި ހުންނަނީ މާރީތި ފިރިހެނަކާއި ދިމާލަށެވެ.

މިގޮތަކަށް މިކަން ހިގަނީ ގިނަ ފަރާތްތަކަށް ނޭނގި ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް އެކަމުގެ ހަގީގަތަށް ބަލާއިރު މިކަމަކީ ފިތުނައިގެ އަޞްލެކެވެ. މިކަމާ ދުރުހެލިވެވޭނެ މަގުތައް ދެނެގަނެ އެކަންކަމާ ދުރުހެލިވާންޖެހެއެވެ.

ކުއްލިޔަކަށް ހަދާނަށް އަންނަނީ މަޝްހޫރު ޅެންވެރިޔާ އަޅުގަނޑުމެންގެ ތެރެއަށް ދޫކޮށްލާފައިވާ ވަރަށް މަޝްހޫރު ޅެމެއްގެ މަތިންނެވެ. ޝާއިރު މިވަނީ އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ.

300 × 250

“ ފުރަތަމަ ނަޒަރު އެންމެ ޢިޝްޤީ އަަސަރު،
      ކުރަހައިލި ތަސްވީރު ހިތުގައި މިތުރު،
           ގުރަހައިގެ ތަރިހެން މަށަށް ހީވިޔޭ “

ފުރާވަރުގެ ދުވަސްތައް ގުނަމުންދާ ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިން އެއްބަޔަކުއަނެއްބަޔަކު ކަޅިޖަހައިނުލައި ބަލަހައްޓައިގެން މި ތިބޭތިބުމަކީ ހިތްތަކުގައި ހޫނުގަދަ އަލިފާން ރޯކޮށްލާކަމެކެވެ. އެހެންކަމުން ކިތަންމެ ޒުވާނުންނެއް ފާފައިގެ ތެރަށް ޣަރަޤުވަނީ ނޭނގިތިބެއެވެ.

އަދި އެކަމުގެ ނަތީޖާ ބަރުދާސްތުކުރަން ޖެހެނީ ވެސް ކުއްލިގޮތަކަށެވެ. ބައެއްފަހަރު ލޯބީގެ ކޮންމެވެސް ގުޅުމަކުން ހަތަރުލޯ ގުޅި ޖިސްމުތައްވެސް ގުޅިދަނީއެވެ. ދެން ކުރެވުނީ ކިހައިވަރެއްގެ ފާފައެއްކަން މިއެނގެނީ މާފަހުންނެވެ. ވަގުތު ފާއިތުވާ ފަހުންނެވެ.

ބަލާ ބެލުމަކީ އިންސާނާގެ ހަށިގަނޑުގެ ހޫނުމިނަށް ބަދަލުގެންނަކަމެކެވެ. ހިތުގައި އެދުމާއި ޝަޚުވަތު އުފައްދާ ކަމެއް ވެސްމެވެ. ޖިސްމާނީ އެދުންތައް ކައްކާލާ އެންމެ މުހިންމު އެއްއަޞްލަކީ މިދެންނެވި ބެލުންތަކެވެ. އަދި ހަމައެފަދައިން ފުރަތަމަ ނަޒަރުންވެވޭ ލޯބިކަމަށް ބައެއްޒުވާނުން ހީކުރާ އެދުންވެރިކަން އުފައްދާ އަޞްލަކީވެސް މިދެންނެވި ބެލުމެވެ.

އެހެންކަމުން ކޮންމެހެން ބަލަން ޖެހިގެން ނޫނީ އަންހެނުންގެ މޫނަށާއި އެކަނބަލުންގެ ހަށިގަނޑުގެ ވަނާތަކަށް ބެލުމަކީ ހުއްދަކަމެއްނޫނެވެ. އެހެންކަމުން ފިރިހެނުންނާއި އަންހެނުން އެބައިމީހުންގެ ބެލުންތައް ތިރި ކުރަން ޖެހެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ރޔޔރ

    ލިޔުން ތެރިޔާގެ އަމަލު ހުންނަ ގޮތް މީ..

ގުޅުންހުރި