1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑިޕްލޮމޭޓެއްގެ ސައިކަލު ވަގަށް ނެގި މީހާއަށް އިތުރު އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފި

laju
މާފުށީ ޖަލު....ފޮޓޯ:ރާއްޖެއެފްއެމް
މަރްޔަމް ޝަފާ ސައީދު
393ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑިޕްލޮމޭޓެއްގެ ސައިކަލު ވަގަށް ނެގި މީހާއަށް އިތުރު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ

މާލޭ، ސަން ސިޔާމް ބިލްޑިން ކުރިމަތީގައި ޕާކްކޮށްފައި ހުރި ބްރިޓިޝް ކޮންސުލް ޖެނެރަލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގިކަމުގެ ކުށުގައި ޖަލަށްލާން ހުކުމް ކުރި ރ. ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާން އަށް ކުރިން ކޮށްފައިވާ 10 މަހުގެ ޖަލު ހުކުމުގެ އިތުރަށް އެއް އަހަރަށް ޖަލަށް ލުމަށް އެހެން ހުކުމެއް ކޮށްފައި މިވަނީ އޭނާ އަށް ތުހުމަތު ކޮށްފައިވާ އެެހެން މައްސަލައެއްގެ ކުށް ސާބިތު ވެގެންނެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އަހުމަދު އިރުޝާންގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.

300 × 250

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ ޖެނުއަރީ 10، 2024 ވަނަ ދުވަހުގެ ވަގުތެއްގައި އޯކިޑް މަގު އާރްޑީސީ (އެމްއެސްއެލް ބިލްޑިން) ކައިރީގައި ޕާކްކޮށްފައިހުރި ހޮންޑާ ކިޔުބިކްސް ސައިކަލު ނަގައިގެން އިރުޝާން ދުއްވާފައިވާ ކަމަށެވެ.

އެ މައްސަލާގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށް ކޯޓުގައި އިރުޝާން ބުނެފައިވެ އެވެ. ކޯޓުގައި އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އިރުޝާން ކޯޓުގައި ބުނީ، އެ ކުށަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ކުރެވުނު ކުށެއް ކަމަށެވެ.

ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު އެއް އަހަރާއި 11 ދުވަހާއި 14 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް ހުކުމްކޮށްފަ އެވެ.

މި މައްސަލައިގެ ހުކުމްއާ ޑިޕްލޮމެޓިކްގެ ސައިކަލު ވަގަށް ނެގި ކަމުގެ ކުށާއެކު، އިރުޝާން، ޖުމްލަ ދެ އަހަރާއި ނުވަ މަސް ދުވަސް ތަންފީޒު ކުރަން ޖެހޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި