1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅިން އަލަށް ރިސާޗް ލައިބްރަރީއަކާއެކު ބިނާކުރާ މިސްކިތެއްގެ ބިންގާ އަންނަމަހު އަޅަނީ

450632485-7805421066209813-8295069592711971658-n-768x431
އަންނަ މަހު މުޅިން އަލަށް ރިސާޗް ލައިބްރަރީއަކާ އެކީ ބިނާކުރާ މިސްކިތުގެ ކުރެހުމެއް
މަރްޔަމް ޝަފާ ސައީދު
248ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ މަހު މުޅިން އަލަށް ރިސާޗް ލައިބްރަރީއަކާ އެކީ މިސްކިތެއް އެޅުމުގެ ބިންގާ އެޅިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ރިސާޗް ސެންޓަރު އަޅަން ނިންމާފައިވަނީ ހުޅުމާލޭގައެވެ.

ޝަހީމް މީސް މީޑިއާގައި ވިދާޅުވީ "މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟި ﷲ އަންހާ" ގެ ނަމުގައި ބިނާކުރާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ބިނާކޮށްދޭ މިސްކިތެއް ކަމަށެވެ.

300 × 250

މި ޕޯސްޓާއެކީ ޝަހީމް ވަނީ މިސްކިތާއި ރިސާޗް ސެންޓަރުގެ ކުރެހުމެއް ހިއްސާ ކުރައްވައިފައެވެ.

"ފޮޓޯ އިން ފެންނަ މިސްކިތަކީ (މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟި ﷲ އަންހާ) މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލެގައި ބިނާކުރާ މިސްކިތެކެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިން ދެ ނަމާދު ދޭތެރޭ ކިޔަވަން ރިސާޗް ހަަދަން/ އެސައިންމަަންޓް ހަދަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ބުރިއަށް ބިނާކުރެވޭ މިސްކިތެކެވެ." ޝަހީމް ވިދާޅުވިއެވެ.

މި ރިސާޗް ސެންޓަރު ގާއިމުކުރަން ނިންމާފައިވަނީ ހުޅުމާލޭގައި އެތައް އަހަރުތަކެއް ވަންދެން ޓިނުން ހަދާފައި ވަގުތީ މިސްކިތް ހުރި ބިމުގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި މިސްކިތުގައި އެތެރެއާއި ބޭރާއެކު ދެ ހާހެއްހާ މީހުންނަށް ނަމާދު ކުރެވޭނެއެވެ.

އަދި ރިސާޗް ހަދާ ދަރިވަރުންނަށް ލައިބްރަރީއެއްވެސް އެތަނުގައި ގާއިމުކުރެވިގެންދާނެއެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓުމަހު ފެށިގެންދާނެކަނޑ ފާހަގަކުރެއްވުމާއެކު ވަޒީރު ވިދާޅުވީ، މި މިސްކިތަކީ ރިސާޗް ލައިބްރަރީއަކާ އެކު ގާއިމު ކުރާ ފުރަތަމަ މިސްކިތް ކަމަށެވެ. ހަމައެހެންމެ މިއީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަން ދެވޭ ފުރަތަމަ މިސްކިތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި