ހ. ހުދުފިނިފެންމާގޭގެ މީހުންން ބޭރަށް ނުނިކުމެވި ގޭގެ ތެރޭގައި ބަންދުވީ، އެ ގޯތީގެ ރެޖިސްޓްރީ ހަދާދީފައިވާ ގޮތުން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ހުދުފިނިފެންމާގޭގެ ދޮރުމަތީގައި، އެގޭގެ މީހުން ނިދާފައި ތިއްބާ، އެގޭގެ މީހުންނަށް ވަަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލުހެ ވަކީލު އަބްދުލް ހަކީމް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވާތާ 27 އަހަރުވެފައިވާ ކަމަށެވެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަަކުވެސް ހިމެނޭ އެ އާއިލާ 24 ގަޑިއިރަަށް ވުރެ ގިނައިރުވަންދެން އެގޭގައި ބަންދުވެފައި ތިއްބެވެ. މި މައްސަލައާ ގުޅިގެން ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ވަކީލް އަބްދުލް ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ކައުންސިލަަށް ހުށަހަޅާފައިވާތާ މިހާރު 27 އަހަރުވެފަައިވާ ކަމަށެވެ. އެހެން ނަމަވެސް ރަސްމީކޮށް އެ މައްސަލަ ހުށަހެޅީ މޭޔަރުކަމުގެ މަގާމާއި އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވިފަހުން ކަން ފާހަގަކުރަައްވަމުން އޭނާ ވިދާޅުވީ މޭޔަރު ބޭނުންވީ އެ ކަމަށް ގާނޫނީ ހައްލެއް ހޯއްދަވަައިދެއްވުމަށް ކަމަށެވެ. ގާނޫނީ ހައްލެއް ހޯދުމަށް މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ލޯޔަރު ތަފްސީލުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިނިިފެންމާގޭގެ ގޯތި އޮންނަނީ ހައްވާ އިބްރާހީމާއި ހަސަން ޝާކިރުގެ މެދުގައި ބަހާލާފަ އެވެ.

3970 އަކަފޫޓުގެ ހުދުފިނިފެންމާގޭގެ ގޯތި ދެބައި ކުރުމަށްފަހު ކޮންމެ ބަޔަކަށް 1985 އަކަފޫޓް ހިމެނޭ ގޮތަށް އޮތީ ބަހާލާފަ އެވެ. އޭގެ އެއްބަޔަކީ ހުދުފިނިފެންމާގެ އެވެ. އަނެއް ބަޔަކީ ހުދުފިނިފެންމާގެއާގެ އެވެ. އަނެއްކާވެސް ހުދުފިނިގެންމާގެ ދެބައިކުރުމަށްފަހު އެއް ބަޔަށް ފުރުގާ، އަދި އަނެއް ބަޔަށް ހުދުފިނިފެންމާ ކިޔެވެ. އެ ދެބަޔަށް ވެސް ވަދެވެެނީ ހަދީބީ މަގުން ނެވެ. މި މައްސަލަ ފެންމަތިވީ، ވަކީލު ވިދާޅުވި ގޮތުގައި ގޯތި ރެޖިސްޓްރީކޮށްދީފައި އޮތް ގޮތުން ނެވެ.

"މާލެ ސިޓީ ކައުންސިލްގެ އުސޫލުތަކަށް ބަލާއިރުގައި ގޯޅި ކެނޑުމުގެ ގަވާއިދު ބުނާގޮތުގައި ގޯއްޗެއް ދެބައިކޮށްފައި އެ ގޯތި ބަހާއިރުގައި އެ ގޯތިން ޖެހޭނެ މަގަށް ނުކެވޭ ގޮތަށް ގޯޅިއެއް ނަގަން. އެހެންމަ އެ ގޯތީގެ އިމުން ނަގަންޖެހޭ ގޯޅި ނުނަގާ ހަސަން ޝާކިރުގެ ބައި ވަކި ރެޖިސްޓްރީއެއް ހަދާދީފައި މިއޮތީ" ވަކީލް ވިދާޅުވި އެވެ. "އެ ގޯތީގެ ވަކި ރެޖިސްޓްރީ ހަދާދޭންޖެހޭނީ ހައްވާ އިބްރާހީމްގެ ބައިން ނުކުންނާނެ ގޯޅި މަގެއް ކޯޓުން ކަނޑައަޅާފަ، އެ ގޯޅި މަގު އެނގޭ ގޮތަށް. އެހެން ނަމަވެސް ވަކި ރެޖިސްޓްރީ ހަދައިދިން އިރު މިއޮތީ ހަމަ ބުރިކޮށްލާފަ މަގާވީ ހިސާބުން ޝާކިރަށް ހަދާފައި، ދެން ފަހަތުގައި އުޅޭ މީހާ ބަންދުވާނެތާ" ވަކީލު ވިދާޅުވީ އެގޭގެ ފަހަތަށް އޮންނަ ހުދުފިނިފެންމާގެއާގޭގެ އިންފާރު ރޭނުމުން ހައްވަގެ ބައިން ނުކުންނަން ޖެހޭނީ ޝާކިރުގެ ބައިން ގޯޅިއެއް ކަނޑައިގެން ކަމަށެވެ. ވަކީލް ވިދާޅުވި ގޮތުގަައި ހުދުފިނިފެންމާގެއާގޭގެ އިންފާރު ރާނަން ހުއްދަ ދިނުމުގެ ކުރިން ވެސް އެ ގޯތީގެ އިމުގެ ތެރެއަށް ވަދެ ނުކުމެ ނޫޅުމަށް ހުދުފިނިފެންމާގޭގައި އުޅޭ މީހުންނަށް ކައުންސިލުން އެންގި ކަމަށެވެ. އަދި އިންފާރު ރާނަން ފެށި ފަހުން ހައްވަގެ ފަރާތުން ޝަކުވާ ލިބުމުން އެގޭގެ މީހުން ނުކުންނާނެ އެހެން ގޮތެއް ހަމަޖެއްސުމަށް ފުލުހުން އެންގި ކަމަށެވެ. ވަކީލު ވިދާޅުވީ އެ މައްސަލަ ހައްލުކުރީ އެގެއިން ގޯޅި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން ކަމަށާއި ކައުންސިލުން އެ ފާރު ތަޅާލީ ޝާކިރުގެ ބައިންނެވެ.