ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސަނީލިއޯނީ އަކީ ވަރަށް ގިނަ ބަޔެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ. އެކި އެކި ފިލްމް ތަކާއި ލަވަތަކުން ފެންނަ މި ބަތަލާއަކީ ރީތިކަމުގެ ނަމޫނާއެކެވެ. އަދި އެހެނިހެން ފިލްމީ ތަރިންނާއި މުޅިން ތަފާތުމިޒާޖެއްގެ ވެރިއެކެވެ.

ޗުއްޓީ ހޭދަކުރުމަށް އެހެނިހެން ތަރިން ރާއްޖެ އަންނަފަދައިން ސަނީވެސް މިވަގުތުހުރީ ރާއްޖޭގައެވެ. ކޯވިޑުގެ ބަލިކަމަޑުކަމުގެ ސަބަބުން ގޭގައި މާގިނަ ދުވަހު އޮންނަން ޖެހުމަށްފަހު އާއިލާއެކު ވަގުތުހޭދަކޮށް މަޖާކޮށްލަން ރާއްޖެއައިސްފައިވެެއެވެ.

ސަންސިޔާމް އޮޅުވެލީގައި ޗުއްޓީހޭދަކުރަމުންދާ މި ބަތަލާ ވަރަށް ތަފާތު ފޮޓޯ އިންސްޓަގްރާމަށްލަމުން ދެއެވެ. ރާއްޖޭގެ ހިތްގައިމު ދޮންވެލި ބީޗްގައި އާއި އެރިސޯޓުގެ އެކި އެކި ރީތި ތަންނަނުގައެވެ. ފޮޓޯގެ އިތުރުން ކުރު ވީޑިއޯވެސް އެބަހުއްޓެވެ.

A5459561-3EB0-4AE6-9D43-1523ACA8080773621287-7387-4C7E-B257-562D7E0D8F8F6B7D0962-2483-43F6-A57F-A0C2D65F367A

ކޮންމެ ފޮޓޯއަކުންވެސް ފެންނަނީ ރީތިކަމެވެ. ރާއްޖޭގެ ރީތިކަމުގެ އިތުރުން ހޫރުޕަރީއެއްހާ ރީތި މީހެކެވެ. ފޮޓޯތައްފެނިއްޖެ ނަމަ ކަޅިހުއްޓޭނެއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެދާއިރާއިން ދުނިޔޭގެ މަޤުބޫލުކަން ލިބިފައި އޮތް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމެކެވެ. ރީތި ހުދު ދޮންވެލި ބީޗުތަކާއި ވަށައިގެންވާ ނޫ ވިލާއި އެވިލުގައި ހުރި މުރަކަ އަދި މަސްމަހާ މެއްސަކީ ކޮންމެ މީހަކުވެސް ބަލަންބޭނުންވާ މަންޒަރުތަކެކެވެ. ފާއިތުވެގެން ދިޔަ އަހަރުތަކުގައި އެތައްބަޔަކު ޒިޔާރަތްކޮށްފައިވާ މިޤައުމަށް ހުއްޓުމެއް ނެތި އަންނަމުން ދެއެވެ.