1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަރަކާތް ބަހުން ވާހަކަދައްކަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

400
މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
އައިޝަތު އަންޖަަލް
384ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް  އިޖުތިމާޢީ  އަދި  ޢާއިލީ  ތަރައްޤީއާ  ބެހޭ  ވުޒާރާއިން ހިންގުމަށް ނިންމައިފިއެވެ.

ބޭސިކް  ސައިން  ލޭންގުއޭޖް  ކޯހަކީ  ނުކުޅެދުންތެރިކަން  ހުންނަ  ފަރާތްތަކާ  އިޝާރާތުން  މުޢާމަލާތުކުރުމަށް  ފަރުމާ  ކުރެވިފައިވާ  ކޯހެއް ކަމަށް އާއިލީ އަދި އިޖްތިމާއީ ތަރައްގިއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ކޯސް  ކުރިއަށް  ގެންދަން ނިންމާފައިވަނީ  އިޖުތިމާޢީ  އަދި  ޢާއިލީ  ތަރައްޤީއާ  ބެހޭ  ވަޒީރު  ޑރ.  ޢާއިޝަތު  ޝިހާމްގެ  އިސްނެންގެވުމުގެ  މަތިން ކަމަށާއި، ނުކުޅެދުންތެރިކަން  ހުންނަ  ފަރާތްތަކަށް  ދިރިއުޅުމުގެ  އެކި  ކަންކަމުގައި  ދިމާވާ  ގޮންޖެހުންތައް  މަދުކޮށް،  އެހެން  މީހުންނެކޭ  އެއްފަދައިން  މުޖުތަމަޢުގެ  އެކި  ކަންކަމުގައި  ބައިވެރިވެ  އުޅުމުގެ  ފުރުޞަތު  އެފަރާތްތަކަށް  ވެސް  މަގުފަހި  ކޮށްދިނުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

300 × 250

މީގެ  އިތުރުން، ނުކުޅެދުންތެރިކަން  ހުންނަ  ފަރާތްތަކަށް  ބޭނުންވާ  ޚާއްސަ  އެހީތެރިކަމާއި  ޚިދުމަތްތައް  ފޯރުކޮށްދިނުމުގައި  އެކި  ދާއިރާތަކުގެ  ހުނަރުތައް  އުނގަންނައިދިނުމަށް  ވަރަށް  ބޮޑު  އިސްކަމެއްދޭކަންވެސް  އެވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

ފުރަތަމަ  މަރުހަލާގައި  ސަރުކާރުގެ  އެކި  އިދާރާތަކާއި  ކުންފުނިތަކުގައި  އަޑުއިވުމުގެ ނުކުޅެދުންތެރިކަން  ހުންނަ  ފަރާތްތަކަށް  ޚިދުމަތްދޭން  ތިބޭ  މުވައްޒަފުންނަށް  ކޯސް  ކުރިއަށް  ގެންދިއުމުގައި  އިސްކަން  ދެވޭނެކަމަށާއި،  އެއީ  ސެލްފް-ޕޭސްޑްކޮށް  ދެވިފައިވާ  މުއްދަތެއްގެ  ތެރޭގައި  ނިންމާގޮތަށް  ފަރުމާ  ކުރެވިފައިވާ  ކޯހެއްކަމަށް ވެސް އެވުޒާރާއިން  ބުނެފައި ވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި