1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޢަރަބި ބަހުން ލިޔެފަ ހުރި ދީނީ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާކުރަނީ

Foiy
އަރަބި ބަހުން ލިޔެފަ ހުރި ފޮތްތަކެއް/ފޮޓޯ: ސޯޝަލް މީޑިއާ
އައިޝަތު އަންޖަަލް
227ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޢަރަބިބަހުން ހުރި ދީނީ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނީ ޢަރަބިބަހުން ހުރި ދީނީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިގޮތުން އެފަދަ ފަރާތްތައްވާން ވާނީ ދީނީ ވަޢުޒު ވިދާޅުވުމަށް މިނިސްޓްރީ އިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން ޢަރަބިބަހުން ހުރި ދީނީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރަން ބޭނުންވާ ފަރާތްތަކުން މި ޖުލައިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުއްވުމަށް އެދޭކަމަށެވެ.

300 × 250

މިގެ އިތުރުން މިނިސްޓްރީން ބުނީ ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެދަށުން ރަޖިސްޓްރީކުރަންނުޖެހޭ އަމިއްލަ ފަރުދުންނާއި ޢިލްމީ މުއައްސަސާތަކަށް ކަމަށެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި