1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތަމްރީނެއްގައި ބައިވެރި ވުމަށް 20 އިމާމުން ބުރޫނާއީއަށް

ikm
ތަމްރީނެއްގައި ބައިވެރިވުމަށް ބުރުނާއީ އަށް ދަތުރުކުރާ ފަރާތްތައް...ފޮޓޯ:އިސްލާމިކް މިނިސްޓްރީ އެކްސް
މަރްޔަމް ޝަފާ ސައީދު
536ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތަމްރީނެއްގައި ބައިވެރިވުމަށް މިރޭ ބުރުނާއީ އަށް ފުރާ 20 އިމާމުންނާ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީސައީދު ބައްދަލު ކުރައްވައިފިއެވެ.

މިރޭ ވިހި އިމާމަކު ބުރޫނާއީ އަށް ތަމްރީނެއްގައި ބައިވެރިވުމަށް ފުރާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

300 × 250

އަދި އެ ވިހި ފަރާތާ ވަޒީރު ޝަހީމް ވަނީ މިއަދު ބައްދަލު ކުރައްވައިފައެވެ.

މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދޭނެއެވެ. އެގޮތުގެ މަތިން މިއަހަރު 60 އިމާމުން ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ.

މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި