މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސް ކުރި ނަމަވެސް، ގަވަރުނަރު ވަކި ކުރުމާ މެދުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ފެނޭތޯ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ޖެހެއެވެ. ގަވަރުނަރު ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ހާޝީމް ވަކިކުރަން ރައީސް ޑރ މުހައްމަދު ދެއްވާފައިވާ މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އޭނާ މަޤާމުން ވަކި ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެއެވެ.
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ފާސްވީ މިއަދުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުންނެވެ.
މަޖިލީހަށް ހާޒިރުވެ ވަޑައި ނުގަތް ނަމަވެސް އިއްޔެ ގަވަރުނަރު ވަނީ ސިޓީއިން ޖަވާބު ދެއްވާފައެެވެ. ކޮމިޓީއަށް ފޮނުވި ސިޓީގައި އޭނާ ވިދާޅުވީ, ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.