1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުލުހުންގެ ހައްޔަރަށް ގެންދިއުމުގެ ތެރޭގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި

1035x593-VFG1fUknpJIiLfHA87o0tpcBPUUCQcvchszwKS9d
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
މަރްޔަމް ޝަފާ ސައީދު
508ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން، އެކޯޓަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅެނިކޮށް 38 އަހަރުގެ ދިވެހި ފިރިހެނަކަަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެތެރޭގައެވެ.

އޭނާ ފިލަން މަސައްކަތް ކުރީ ކުޑަދޮރަކުން ފުންމާލައިގެން ނެވެ.

300 × 250

ނަމަވެސް އޭނާ ފުންމާލިތަނާ ޖެހުނު ގޮތުން ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ނެވެ.

އާއިލާއިން ބުނީ އެ ހާދިސާގައި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އަދި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މިހާދިސާ ގައި ފުލުހުން އަމަލުކުރިގޮތާއިމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި