ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ގއ. އަތޮޅު ކައުންސިލްއާ ދެމެދުގައި ގއ. އަތޮޅު ކައުންސިލާއެކު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ޑީއެންއާރް އިން އެކްސްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޑީއެންއާރް އިން ބުނީ ، މިއަދު މި ސޮއިކުރި ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޑީއެންއާރު ހިންގުމާއި ހަވާލުވެ ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނައިބް އަޙްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާޙީމް ޝަހީނެވެ.

"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މައުލޫމާތު ދޭގޮތުގައި މި ސޮއި ކުރެވުނު ފަހުމުނާއާއެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށިގެންދާނެ."، މިނިސްޓަރުގެ ނައިބް އަޙްމަދު އާލީ ވިދާޅުވެފައި ވެއެވެ.